ޚަބަރު

ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވުމަށް ފުރުޞަތު ލިބޭގޮތަށް ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދަށް އިޞްލާޙު ގެނައުން

02/11/2022

55 އަހަރު ނުވިނަމަވެސް، ފަނޑިޔާރުކަމުގައި ދިގުމުއްދަތަކަށް ހިދުމަތްކޮށްދެއްވުމަށްފަހު އިސްތިއުފާ ދެއްވާ ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެވޭނެގޮތަށް ފަނޑިޔާރުންގެ ރިޓަޔަރމަންޓް ޤަވާއިދު އިސްލާހުކޮށް 2022 އޮކްޓޯބަރު 31ވަނަ ދުވަހުވަނީ ގެޒެޓްކޮށްފައެވެ. އެގޮތުން، ފަނޑިޔާރުކަމުގައި 10 އަހަރު...

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން

01/11/2022

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމްއާ ގުޅޭ ގޮތުން މި ކޮމިޝަނަށް ހުށަހެޅުނު 22 މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި ކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. 22 މައްސަލައިގެ ތެރެއިން ތެރެއިން 20 މައްސަލަ ނިންމާފައި ވަނީ...

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމުން

01/11/2022

 ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރުއާ ގުޅޭގޮތުން މި ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި ކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެ މައްސަލާގައި ނިންމާފައި ވަނީ، ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު...

ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

31/10/2022

ކްރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގެ އަޑުއެހުމެއްގައި، އެ ޤަޟިއްޔާގައި ދައުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންގެ ފަރާތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ޤާޟީ މުޙައްމަދު ސަމީރުއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއާ ގުޅޭގޮތުން ވާހަކަދައްކާފައިވާކަމާއި، އަދި ދިފާޢީ ވަކީލުން ކުށްވެރިކޮށް، އެ ވަކީލުންނާމެދު ޒާތީ ތަޢައްޞުބެއް...

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ފަހީމް އިބްރާހީމާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

24/10/2022

ސިވިލް ކޯޓުގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމް އާއި ބެހޭގޮތުން ކޮމިޝަނުން ތަޙްޤީޤުކުރި، ކޮމިޝަންގެ ނަންބަރު 2019/40 މައްސަލައާއި، ނަންބަރު 2019/35 މައްސަލައާއި، އަދި ކޮމިޝަންގެ ނަންބަރު 2019/76 މައްސަލާގައި، ޤާޟީ ހަސަން ފަހީމް އިބްރާހީމް ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، މި މައްސަލަތަކުގައި ޤާޟީ ޙަސަން ފަހީމް އިބްރާހީމްގެ...

ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލައެއް ތަހުޤީޤުކުރަން ނިންމުން

23/10/2022

ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޤަޟިއްޔާގެ އަޑުއެހުންތައް ޤާނޫނު ނަންބަރު 2016/12 (ޖިނާޢީ އިޖުރާތުގެ ޤާނޫނު) ގެ 139 ވަނަ މާއްދާ އަދި ޝަރީޢަތް ކުރުމާބެހޭ ޖިނާޢީ އިޖުރާތުގެ ޤަވާއިދުގެ 122 އަދި 123 ވަނަ މާއްދާތަކުގައި ބަޔާންކޮށްފައިވާގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ބުނާ މައްސަލަ،...

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު ސަސްޕެންޑުކުރަން ނިންމުން

20/10/2022

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު އައްޔަނުކުރެވިފައިވާ ކޯޓަށް ޤަވާއިދުން ނުކުތުމުގެ ބަދަލުގައި ނުކުންނަމުން ގޮސްފައި ވަނީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުއާ ހަވާލުކުރެވިފައިވާ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށްކަން ކަމާބެހޭ ލިޔެކިއުމުންނާއި އިސްމެޖިސްޓްރޭޓް...

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބް ޙުސައިން ޒަކަރިއްޔާ ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރުން

19/10/2022

"އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދު"ގެ ދަށުން ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބް ޙުސައިން ޒަކަރިއްޔާ، ސިއްޙީ...

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމުން

16/10/2022

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާޢީ މައްސަލައެއްގައި ޚުލާސާ ބަޔާން އިއްވުމަށްފަހު، ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ޙުކުމް ކޮށްފައިނުވާތީ، މި މައްސަލައާ ގުޅިގެން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން...

ފެމިލީ ކޯޓުގެ އިސްޤާޟީގެ މަޤާމަށް އަލްއުސްތާޛު އިބްރާހިމް މާހިރު ޢައްޔަންކުރުން

13/10/2022

ދިވެހިރާއްޖޭގެ ފެމިލީ ކޯޓަށް އިސް ޤާޟީއަކު ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)195-C/1/2022/20 (31 އޮގަސްޓް 2022) އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ފެމިލީ ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފެމިލީ ކޯޓުގެ އިސްޤާޟީކަމަށް ޢައްޔަންކުރުމަށް...

މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު

04/10/2022

05 މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި ކޮށްފައިވާ މި ކޮމިޝަނުގެ ނަންބަރު (IUL)195-C/1/2022/23 (19 ސެޕްޓެންބަރު 2022) އިޢުލާނުގެ ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ. ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓު 1. ޢަބްދުﷲ ޢަބްދުލްޙަކީމް / އަޛާން...

ރ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޞާދިޤު ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްދިނުމަށް ނިންމުން

02/10/2022

ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްދެއްވުން އެދި އަލްއުސްތާޛު މުޙައްމަދު ޞާދިޤު މިކޮމިޝަނަށް ހުށަހަޅުއްވާފައިވުމާއެކު، އަދި މި ކޮމިޝަނުން 2021 ނޮވެންބަރު 14 ވަނަ ދުވަހު ނިންމި ނިންމުމުގައިވާ ގޮތުގެމަތީން، ރ.ދުވާފަރުގައި ހުންނަވައިގެން، ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރަހެއް...

Page 2 of 41