ޚަބަރު

ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން

27/11/2022

ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ތަޚްޤީޤުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާތީ، 2022 ނޮވެންބަރު 23 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 84...

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޞަފްވަތު ޙަބީބްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން

23/11/2022

ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ޚުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީނަމަވެސް، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ޚުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާތީ، މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތު ޙަބީބްގެ ސުލޫކީ މައްސަލައެއް ބަލަން...

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތު، ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުއާ ވަގުތީ ގޮތުން ޙަވާލުކުރުން

17/11/2022

"ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު" ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެން 18 ނޮވެންބަރު 2022 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ފަނޑިޔާރު...

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަމްޖަދު ޢަބްދުލްޣަނީއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން

09/11/2022

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ  22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން  ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2020 ފެބްރުއަރީ 02 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަމްޖަދު ޢަބްދުލްޣަނީގެ ސުލޫކީ މައްސަލަ، ތަޙްޤީޤު ކުރެވި އެމައްސަލަ...

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދިނުން

09/11/2022

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު 09 ނޮވެމްބަރ 2022 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މިގޮތަށް އަލްއުސްތާޛު އަޙްމަދު ނިޝާރު ހުށަހަޅުއްވާފައި މިވަނީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރުގެ މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި...

ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން

09/11/2022

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން  ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2020 ފެބްރުއަރީ 23 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލަ، ތަޙްޤީޤު ކުރެވި...

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކަށް ޚާއްސަކޮށްގެން "ފަހިރެސް ޕޯޓަލް" ތައާރަފް ކުރުން

09/11/2022

ފަނޑިޔާރުކަމަށް ކުރިމަތި ލައްވާ ފަރާތްތަކަށް އެއް ނިޒާމެއްގެ ތެރެއިން ހަލުއިކަމާއެކު އެކަން ކުރެވޭނެ ގޮތަށް "ފަހިރެސް ޕޯޓަލް" ނަމުގައި މަޤާމަށް ކުރިމަތިލުމަށް ޕޯޓަލްއެއް ކޮމިޝަނުން ތަޢާރަފްކޮށްފިއެވެ.  މި ޕޯޓަލްގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް އައިޑީކާޑް ކޮޕީ، ފޮޓޯ، ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތައް އަދި...

ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަން މަނިކުއަށް ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

09/11/2022

ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކުއާ ގުޅޭގޮތުން މި ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ ބުދަ ދުވަހު ބޭއްވި މި ކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މި ގޮތުން ތަހުގީގުކުރެވުނު މައްސަލާގައި ނިންމާފައި ވަނީ، މަނަދޫ...

ހއ.މުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޙަސަން ފަޔާޟް ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްދިނުމަށް ނިންމުން

07/11/2022

ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކުރެވުނު މި ކޮމިޝަންގެ އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ކޮމިޝަނަށް ލަފާ އަރުވާފައިވާ ފަދައިން، ހއ.އުތީމު، ސީވިއު،...

އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިހާނުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

07/11/2022

އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިހާންއާ ގުޅޭގޮތުން މި ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ ބުދަ ދުވަހު ބޭއްވި މި ކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެ މައްސަލާގައި ނިންމާފައި ވަނީ، ފުލުހުންގެ ބަޔަކު އާއްމުންގެ މީހަކާއެކު...

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުން

06/11/2022

ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކުރެވުނު މި ކޮމިޝަންގެ އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު، މ.ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދު...

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދިނުން

02/11/2022

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް 1 ނޮވެމްބަރ 2022 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މިގޮތަށް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ހުށަހަޅުއްވާފައިވަނީ، ކޮމިޝަނަށް ހުށަހެޅިފައިވާ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކަށް،...

Page 1 of 41