- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ފަނޑިޔާރުކަމުން ވަކިވުން
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގައި ހުންނެވި ފްރެޝް / ގއ. ވިލިނގިލި، އަލްއުސްތާޛު ޙަސަން ނަޖީބު ފަނޑިޔާރުކަމުގެ މަޤާމުން 05 ޖުލައި 2020 ގައި އިސްތިއުފާ ދެއްވާފައިވާތީ، އެ ދުވަހުން ފެށިގެން އެބޭފުޅާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާތީ އެކަން އެންގީމެވެ.
އައު އާއްމު ޙާލަތާގުޅޭ ގޮތުން ފަނޑިޔާރުން ޢަމަލުކުރައްވަންޖެހޭ ޚާއްޞަ އުސޫލުތައް
ކޮވިޑް 19 ޕެންޑަމިކް އާއި ގުޅިގެން އައު އާއްމު ޙާލަތުގައި ޝަރީޢަތްތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އެކޯޓުގެ ނަންބަރު 2020/05/SC (4 ޖުލައި 2020) ސަރކިއުލަރ ގައިވާ އަސާސްތަކުގެ މައްޗަށް ބިނާކޮށް، އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ "ކޮވިޑް-19 އާ...
ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުން
ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް ރ. ހުޅުދުއްފާރު، ޝަކީލީހިޔާ، އަލްއުސްތާޛު އާދަމް ޝަރީފް، ޢައްޔަންކޮށް މަޤާމުގެ ހުވައިކުރައްވައި އަދި އެ މަޤާމުގެ ފަތްކޮޅު 28 ޖޫން 2020 ވީ އާދީއްތަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އަރުވާފައެވެ.
އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ގޮތުން ފަނޑިޔާރުން އަމަލުކުރައްވަންޖެހޭ ހާއްސަ އުސޫލުތައް
މި ސަރކިއުކަރއަށް ޢަމަލުކުރަން ފެށުމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު JSC-C/CIR/2020/08 (17 މާރިޗް 2020) ސަރކިއުލަރ ބާޠިލްވީއެވެ. ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޕެންޑަމިކް އާ ގުޅިގެން 12 މާރިޗު 2020 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތުން، ދިވެހިރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު...
ފަނޑިޔާރުންގެ މުސާރައިން އުނިކުރުން
ކޮވިޑް 19 ޕެންޑަމިކްއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ މަޤާމުތަކުގެ މުސާރަ މުރާޖަޢުކުރެއްވުމަށް 20 މެއި 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 39 ވަނަ ޖަލްސާއިން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަޤާމުތަކުގެ ތެރެއިން ފަނޑިޔާރުންގެ މުސާރަދިނުމުގައި، ތިރީގައިވާ ގޮތަށް 2020...
ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން
"ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ ދަށުން 03 މެއި 2020 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 34 ވަނަ...
ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން
"ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ ދަށުން 05 އޭޕްރީލް 2020 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 26 ވަނަ...
ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފަނޑިޔާރުންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެންނެވުން
ކޮވިޑް 19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޯޓުތަކުގެ މަސައްކަތްކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ސުޕީރިއާ ކޯޓުތަކުންނާއި އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުން މިހާރު އެކުލަވާލާފައިވާތީ، އެ އުސޫލުތަކާއި އެއްގޮތަށް، އެ ކޯޓުތަކުގެ ފަނޑިޔާރުން މަސައްކަތް ކުރެއްވުމަށް...
ފަނޑިޔާރުންގެ މުސާރައިން އުނިކުރުން
ކޮވިޑް 19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ މަޤާމުތަކުގެ މުސާރަ މުރާޖަޢުކުރައްވައި 18 މާރަޗް 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 22 ވަނަ ޖަލްސާއިން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަޤާމުތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 30,000 (ތިރީސް ހާސް) ރުފިޔާ އިން...
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ގޮތުން ފަނޑިޔާރުން ޢަމަލުކުރައްވަންޖެހޭ ޚާއްޞަ އުސޫލުތައް
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޕެންޑަމިކް އާ ގުޅިގެން 2020 މާރިޗު 12 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތުން، ދިވެހިރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އިއުލާންކޮށްފައިވީ ހިނދު، ފަނޑިޔާރުންނަށް ސަލާމަތްތެރި މާހައުލެއްގައި...
ފަނޑިޔާރުކަމުން ވަކިވުން
ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި ބްލޫލައިޓް / ގއ. ކަނޑުހުޅުދޫ، އަލްއުސްތާޛު ޙަސަން ދީދީ ފަނޑިޔާރުކަމުގެ މަޤާމުން 27 ފެބްރުއަރީ 2020 ގައި އިސްތިއުފާ ދެއްވާފައިވާތީ، އެ ދުވަހުން ފެށިގެން އެބޭފުޅާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާތީ އެކަން އެންގީމެވެ....
ފަނޑިޔާރުކަމުން ވަކިވުން
ކ. ހިންމަފުށި މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި އަތިރީގެ، ފ. މަގޫދޫ، އަލްއުސްތާޛު މުޙައްމަދު ހަމްޒާ ފަނޑިޔާރުކަމުގެ މަޤާމުން 18 ފެބުރުވަރީ 2020 ގައި އިސްތިއުފާ ދެއްވާފައިވާތީ، އެ ދުވަހުން ފެށިގެން އެބޭފުޅާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާތީ އެކަން އެންގީމެވެ....
Page 6 of 13