- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ފަނޑިޔާރުކަމުން ވަކިވުން
ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި ބ.ގޮއިދޫ، ގުލްބަހާރުގެ އަލްއުސްތާޛު އަޙްމަދު ނިޝާރު 09 ނޮވެންބަރު 2022 އިން ފެށިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާކަމުގައި ދެންނެވީމެވެ.
އެކިފަރާތްތަކުން ފަނޑިޔާރުންނަށް ފޮނުވާ ހަދިޔާއާއި މެދު ޢަމަލުކުރާނެ ގޮތް
ފަނޑިޔާރުންނަކީ އެއްވެސް ކަމެއްގައި ރިޝްވަތެއް ނުވަތަ ރިޝްވަތަކަށްވެދާނެ އެއްވެސް ކަމެއްކޮށް ނުވަތަ އެއްވެސް އެއްޗެއް ބަލައިގަނެވޭނެ ބައެއް ނޫންކަން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އެކިއެކި ފަރާތްތަކުން ކޯޓަށް އަދި ފަނޑިޔާރުންނަށް ފޮނުވާ ހަދިޔާތައް ބަލައިނުގަތުމަށް...
ފަނޑިޔާރުކަމުން ވަކިވުން
ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި ގއ.ދާންދޫ، އަސަރީގެ އަލްއުސްތާޛު ލުއައްޔު އިބްރާހިމް 01 ނޮވެންބަރު 2022 އިން ފެށިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާކަމުގައި ދެންނެވީމެވެ.
ފެމިލީ ކޯޓުގެ އިސްޤާޟީ ކަމަށް ފަނޑިޔާރަކު ޢައްޔަންކުރުން
ފެމިލީ ކޯޓުގެ ޤާޟީ ކަމުގެ މަޤާމުގައި ހުންނެވި ރ.އަލިފުށި، މެޑޯޒް އަލްއުސްތާޛު އިބްރާހީމް މާހިރު އެ ކޯޓުގެ އިސްޤާޟީ ކަމުގެ މަޤާމަށް 06 އޮކްޓޫބަރު 2022 ވަނަ ދުވަހު ޢައްޔަންކޮށް މަޤާމުގެ ފަތްކޮޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އަރުވާފައެވެ.
ފަނޑިޔާރުން ޢައްޔަންކޮށްފައިވާ ކޯޓު ބަދަލުކުރުމަށް ނިންމުން
02 އޮކްޓޫބަރު 2022 ވަނަ ދުވަހުން ފެށިގެން ތިރީގައި ދަންނަވާފައިވާ ފަނޑިޔާރުންގެ އެދުމުގެ މަތިން އެ ފަނޑިޔާރުންގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ކޯޓު ބަދަލުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމުގައި ދަންނަވަމެވެ. - ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގައި މަޤާމުގައި ހުންނެވި...
ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން
"ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ ދަށުން 31 އޮގަސްޓު 2022 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަންބަރު 2022/59...
ފަނޑިޔާރަކު ޢައްޔަންކޮށްފައިވާ މަޤާމު ބަދަލުކުރުމަށް ނިންމުން
ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މަޤާމުގައި ހުންނެވި ޅ.ކުރެންދޫ ނޫރާނީގެ، އަލްއުސްތާޛު ސުލައިމާން މުޙައްމަދުގެ އެދުމުގެ މަތިން، 04 ސެޕްޓެންބަރު 2022 ވަނަ ދުވަހުން ފެށިގެން ޅ.ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މަޤާމަށް ބަދަލުކުރުމަށް މިކޮމިޝަނުން ނިންމާފައިވާކަމުގައި...
ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން
"ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ ދަށުން 17 އޮގަސްޓް 2022 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަންބަރު 2022/54...
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން ދިވެހިރާއްޖޭގެ ހައިކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރާ ތިރީގައި ދަންނަވާފަވާ ބޭފުޅުން 2022 އޮގަސްޓު 09 ގައި މަޤާމުގެ ހުވައިކުރައްވައި އަދި އެ މަޤާމުގެ ފަތްކޮޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އަރުވާފައެވެ. 1. ހައިކޯޓުގެ ފަނޑިޔާރު ކަމަށް...
ފަނޑިޔާރުކަމުން ވަކިވުން
ސިވިލް ކޯޓުގެ ޤާޟީ ކަމުގައި ހުންނެވި ފ.ދަރަނބޫދޫ ދަބުފަށުވިގެ އަލްއުސްތާޛު ޒުބައިރު މުޙައްމަދު ޤާޟީކަމުގެ މަޤާމުން 17 ޖުލައި 2022 ގައި އިސްތިއުފާ ދެއްވާފައިވާތީ، އެ ދުވަހުން ފެށިގެން އަލްއުސްތާޛު ޒުބައިރު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާކަމުގައި...
ރައްޔިތުންގެ މަޖިލީހުން 30 ޖޫން 2022 ގައި ފާސްކޮށްފައިވާ މެޖިސްޓްރޭޓުންގެ މުސާރަޔާ އިނާޔަތްތައް
މެޖިސްޓްރޭޓުންގެ މުސާރައާއި އިނާޔަތްތައް މިހާރު ހަމަޖެހިފައިވާ ގޮތް އެނގޭނެ މި ކޮމިޝަނުގެ ނަންބަރު ސަރކިއުލަރ JSC-C/CIR/2022/13 (07 ޖުލައި 2022).
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރި ފެމިލީ ކޯޓުގެ އިސްޤާޟީ ކަމުގައި ހުންނެވި ކ.މާލެ، ހ.ސޭންޑީބީޗް އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު، 2022 ޖޫން 27 ގައި މަޤާމުގެ ހުވައިކުރައްވައި އެ މަޤާމުގެ ފަތްކޮޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އަރުވާފައެވެ.
Page 2 of 15