ސަރކިއުލަރ

ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރުން

12/10/2021

"ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ ދަށުން 15 ސެޕްޓެންބަރު 2021 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަންބަރު...

ފަނޑިޔާރަކު ޢައްޔަންކޮށްފައިވާ މަޤާމާއި ކޯޓު ބަދަލުކުރުމަށް ނިންމުން

30/09/2021

ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި ބ.ކިހާދޫ ގާރޑެނިޔާވިލާ، އަލްއުސްތާޛު ޢަލީ ނަޞީރު 30 ސެޕްޓެންބަރު 2021 ވަނަ ދުވަހުން ފެށިގެން ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ބަދަލުކުރުމަށް މިކޮމިޝަނުން...

ކްރިމިނަލް ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން

12/09/2021

ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރާ ތިރީގައި ދަންނަވާފައިއެވާ ބޭފުޅުން 12 ސެޕްޓެންބަރު 2021 ގައި މަޤާމުގެ ހުވައިކުރައްވައި އަދި އެ މަޤާމުގެ ފަތްކޮޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އަރުވާފައެވެ.  1. ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް އަރިއަތޮޅު ދެކުނުބުރި މާމިގިލީ،...

ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަނޑިޔާރުން ވަޒީފާއަށް ނުކުތުމާގުޅޭ

30/08/2021

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-L/CIR/2021/25 ( 7 އޯގަސްޓް 2021 ) ސަރކިއުލަރ އިން މިހާރު ކަނަޑައަޅާފައިވާ އުސޫލުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ވެކެސިޖެހުމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ވެކެސިންގެ ޑޯޒްތައް ޖަހާފައިނުވާނަމަ، 1 ސެޕްޓެމްބަރ 2021 ފެށިގެން ވަޒީފާއަށް ނުކުމެވޭނީ ކޮންމެ 14 ދުވަހަކުން...

ފަނޑިޔާރަކު ޢައްޔަންކޮށްފައިވާ ކޯޓު ބަދަލުކުރުމަށް ނިންމުން

26/06/2021

ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި ސ.މަރަދޫ ރޯސްގާޑަން، އަލްއުސްތާޛު މުޙައްމަދު ސަމީރު، 26 ޖޫން 2021 ވަނަ ދުވަހުން ފެށިގެން ޑްރަގް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް، އެ ފަނޑިޔާރުގެ އެދުމުގެ މަތީން ބަދަލުކުރުމަށް މިކޮމިޝަނުން ނިންމާފައިވާކަމުގައި ދަންނަވަމެވެ.

ދާއިމީ މެޖިސްޓްރޭޓަކު ނެތް ރަށަކަށް ދާއިމީ މެޖިސްޓްރޭޓަކު ޢައްޔަންކުރުމުން ކޯޓުގައި ހިނގަމުންދާ މައްސަލަތައް ދާއިމީ މެޖިސްޓްރޭޓާއި ޙަވާލުކުރެއްވުމުގައި ޢަމަލުކުރާނެގޮތް

15/06/2021

ދާއިމީ މެޖިސްޓްރޭޓަކު ނެތް މެޖިސްޓްރޭޓް ކޯޓެއް ވަގުތީގޮތުން އެހެން މެޖިސްޓްރޭޓަކާ ޙަވާލުކޮށްފައި ވަނިކޮށް، އެ ކޯޓަށް ދާއިމީ މެޖިސްޓްރޭޓަކު ޢައްޔަންކުރުމުން ވަގުތީގޮތުން އެކޯޓު ޙަވާލުކޮށްފައިވާ މެޖިސްޓްރޭޓް ބައްލަވަމުންގެންދެވި މައްސަލަތައް ޙަވާލުކުރެއްވުމުގައި ނުވަތަ ކުރިއަށް ގެންދެވުމުގައި އެކި މެޖިސްޓްރޭޓް...

ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި ޚާއްޞަ ޗުއްޓީ ހަމަޖައްސައިދެވޭނެ އުސޫލުތައް

03/06/2021

މިކޮމިޝަނުގެ ނަންބަރު 19/2020/CIR/C-JSC ސަރކިއުލާއާ ހަވާލާދީ ދަންނަވަމެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އައިސޮލޭޝަން އަދި ކަރަންޓީން ކުރުމުގެ ބައެއް އުސޫލުތަކަށް ބަދަލުގެނެސްފައިވާތީ، ހާއްސަ ޗުއްޓީއަށް އެދުމުގައި އަމަލުކުރައްވާނީ ތިރީގައިމިވާ ގޮތަށެވެ. 1 .ފަނޑިޔާރަކު ކޮވިޑް -19 ބައްޔަށް ފައްސިވެ، އައިސޮލޭޝަންގައި...

އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުން

02/06/2021

އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުކަމަށް ތިލަދުންމަތީ އުތުރުބުރި އިހަވަންދޫ ރަޙްމާނިއްޔާ، އަލްއުސްތާޛު ޙާމިދު ރަޝީދު 02 ޖޫން 2021 ގައި މަޤާމުގެ ހުވައިކުރައްވައި އަދި އެ މަޤާމުގެ ފަތްކޮޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އަރުވާފައެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން

25/05/2021

މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރާ ތިރީގައި ދަންނަވާފައިއެވާ ބޭފުޅުން 25 މެއި 2021 ގައި މަޤާމުގެ ހުވައިކުރައްވައި އަދި އެ މަޤާމުގެ ފަތްކޮޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އަރުވާފައެވެ. 1 .ހުވަދުއަތޮޅު އުތުރުބުރި މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ހައްދުންމަތި ކުނަހަންދޫ، ލިލަކް...

ފަނޑިޔާރުކަމުން ވަކިވުން

25/05/2021

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގައި ހުންނެވި ވ. ފެލިދޫ، ވިނަރެސް، އަލްއުސްތާޛު އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން 24 މޭ 2021 ގައި އިސްތިއުފާ ދެއްވާފައިވާތީ، އެ ދުވަހުން ފެށިގެން އަލްއުސްތާޛު އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާކަމުގައި...

ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރުން

23/05/2021

"ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ ދަށުން 09 މެއި 2021 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަންބަރު 2021/38 ވަނަ...

ފަނޑިޔާރަކު ޢައްޔަންކޮށްފައިވާ ކޯޓު ބަދަލުކުރުމަށް ނިންމުން

16/05/2021

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުންނެވި ގ.ނޫމަރާވިލާ އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފް، 16 މެއި 2021 ވަނަ ދުވަހުން ފެށިގެން މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ބަދަލުކުރުމަށް މިކޮމިޝަނުން ނިންމާފައިވާކަމުގައި...

Page 1 of 12