އަހަރީ ރިޕޯޓް

2021

މި ރިޕޯޓަކީ 2021 ވަނަ އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަން ހިނގައި ދިޔަގޮތުގެ މަށްޗަށް އެކުލަވާލެވިފައިވާ ކޮމިޝަނުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓެވެ. މި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ބަލާލެވިފައި ވާނީ 2021 ވަނަ އަހަރު ކޮމިޝަނުން ކޮށްފައިވާ މުހިންމު މަސަކަތްތަކާއި، ލިބުނު ކުރިއެރުންތަކާއި، ކޮމިޝަނުގެ މަސައްކަތް ހިންގުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި އަދި ކޮމިޝަނުގެ ކުރިމަގަށް ރޭވޭ ކަންތައްތަކުގެ މައްޗަށެވެ. އެގޮތުން މިރިޕޯޓް ބިނާކޮށްފައި ވާނީ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ކަމުގައި ކަނޑައަޅާފައިވާ ކަންތައްތަކާއި އަދި އެހެނިހެން ޤާނޫނުތަކުން ކޮމިޝަނުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ.

ލަނޑުދަނޑި

އިންސާފު ކަށަވަރުކޮށްދޭ، އިތުބާރުހިފޭ ޖަވާބުދާރީވާ ވިސްނުން ފަހި، ފަނޑިޔާރުގެއެއް

ކޮމިޝަނުގެ ރައީސްގެ ބަސް

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާއެކެވެ. މި ކޮމިޝަނުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅައި ދިނުމުގެ އުފާލިބުނު ކަމަށްޓަކައި ނިޢުމަތްތަކުގެ ވެރި ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު ދަންނަވަމެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުންނާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުންނާއި އަދި ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުން މި ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އެންމެ ފުރިހަމަގޮތުގައި އަދާކޮށް ދިވެހިރާއްޖޭގެ ޖުޑީޝަރީ ތަރައްޤީކޮށް އިޞްލާޙު ކުރުމަށް 2021 ވަނަ އަހަރު ގިނަގުނަ މަސައްކަތްތަކެއް ނިންމައި ތަންފީޒު ކުރެވުނެވެ. 2021 ވަނަ އަހަރަކީ މިކޮމިޝަނުގެ އަމާޒާ ލަނޑުދަނޑި ސާފުކޮށް ބަޔާންކުރެވި، އެމަންޒިލަށް ދަތުރު ފެށި އަހަރެވެ. ކޮމިޝަން އައު ލޯގޯއަކާއެކު ކުރަން މިއުޅޭ ދަތުރުގެ މަންޒިލް ހުދާއި ކަޅުން ބަޔާންކޮށް ދަތުރުފެށި އަހަރެވެ. އެގޮތުން، «އިންސާފު ކަށަވަރުކޮށްދޭ، އިތުބާރުހިފޭ ޖަވާބުދާރީވާ ވިސްނުން ފަހި، ފަނޑިޔާރުގެއެއް» ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް މިކޮމިޝަނުން ދަތުރު ފެށިއެވެ.

ކޮމިޝަނުގެ މެންބަރުން

ކޮމިޝަނުގެ ރައީސް

އަލްއުސްތާޛާ ޙިސާން ޙުސައިން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު

ކޮމިޝަނުގެ ނައިބުރައީސް

އަލްއުސްތާޛު މަސްތޫރު ޙުސްނީ

ރައީސުލްޖުމްޙޫރިއްޔާގެ މެންބަރު

ކޮމިޝަނުގެ މެންބަރު

ރައީސް މުޙައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް

ކޮމިޝަނުގެ މެންބަރު

އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު

އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު

ކޮމިޝަނުގެ މެންބަރު

އަލްއުސްތާޛު ޢަލީ ސަމީރު

ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު

ކޮމިޝަނުގެ މެންބަރު

އަލްއުސްތާޛު ޢަލީ ޝަރީފް

ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު

ކޮމިޝަނުގެ މެންބަރު

އަލްފާޟިލާ އާމިނަތު އުއްމުކުލްޘޫމް

ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު

ކޮމިޝަނުގެ މެންބަރު

އަލްފާޟިލް މުޙައްމަދު ނާޞިޙް

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް

ކޮމިޝަނުގެ މެންބަރު

އަލްއުސްތާޛު އިބްރާހީމް ރިފްޢަތު

ބަންޑާރަނައިބު

ކޮމިޝަނުގެ މެންބަރު

އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރި ޤާނޫނީ ވަކީލު

ފަނޑިޔާރުންގެ ވަޒީފާއާގުޅޭ ތަފާސްހިސާބު

183

އަހަރު ނިމުނު އިރު ތިބި ފަނޑިޔާރުގެ ޢަދަދު

10

އަލަށް ޢައްޔަނުކުރެވުނު ފަނޑިޔާރުންގެ އަދަދު

13

ރިޓަޔަރ ކުރެވުނު ފަނޑިޔާރުންގެ ޢަދަދު

6

އެއް ކޯޓުން އެނެއް ކޯޓަށް ބަދަލު ކުރެވުނު ފަނޑިޔާރުންގެ ޢަދަދ

ރިޓަޔަރ ކުރެވުނު ފަނޑިޔާރުން

ކޮމިޝަނުން ބެލި ޝަކުވާތައް

404

ޝަކުވާ ހުޝަހެޅުނު އަދަދު

88

ބެލި ޝަކުވާގެ އަދަދު

33

ނިމުނު މައްސަލައިގެ އަދަދު

ޝަކުވާ ހުށަހެޅުނު އަދަދު

ކޮމިޝަނުން ބެލި ޝަކުވާގެ ތަފާސް ހިސާބު

2021 ވަނަ އަހަރު ނިމުނު މައްސަލަތަކުގެ ތަފާސް ހިސާބު

މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ

437

ދިރާސާކުރެވުނު މައްސަލައިގެ އަދަދު

374

ތަހުގީގު ކުރަން ނުފެންނަ

21

ތަހުގީގު ކުރަން ފެންނަ

42

ދިރާސާކުރަމުންދާ މައްސަލަ

10 އަހަރުގެ ޚިދުމަތަށް ހަނދާނީ ފިލާ ލިބުނު މުވައްޒަފުން

އާމިނަތު ޝުރުފަތު އާދަމް

އެސިސްޓެންޓް ޑިރެކްޓަރ ހިއުމަން ރިސޯސް

ސިފާނާ މޫސާ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަރްޔަމް ޝިރުފާ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކޮމިޝަނުގެ ބަޖެޓް

MVR21,124,830

2021 ވަނަ އަހަރަށް ލަފާކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅި ބަޖެޓް

MVR18,124,830

2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓް

MVR8,828,905.00

މުވައްޒަފުންނަށް ހިނގާ ޚަރަދު

MVR4,893,525.22

އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދު

MVR3,126,990.17

ޚަރަދު ނުކުރެވި ބާކީ ހުރި ޖުމްލަ ޢަދަދު

MVR520,777.99

އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދު

MVR299,542.00

ޕެންޝަނާއި، މުސްކުޅިކުރައްވާ މުވައްޒަފުންނަށާއި އަދި ވަކި ޙިދުމަތަކަށް ނޫން ގޮތުން ދޭ ފައިސާ

MVR203,239.45

މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ޚަރަދު

MVR141,052.17

އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ އަގު

MVR94،058.00

ދަތުރުފަތުރު ކުރުމުގެ ޚަރަދު

MVR16،740.00

ތަމްރީން ކުރުމަށް ކުރެވޭ ޚަރަދު

ކޮމިޝަނަށް ކުރިމަތިވި ގޮންޖެހުންތައް

  1. މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓުން ނެތް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް އެކި ފަހަރު މަތިން އިޢުލާން ކޮށްވެސް ނިސްބަތުން އާބާދީ މަދު ރަށްރަށުގެ މެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތްތައް މަދުވުމުގެ ސަބަބުން އެރަށްތަކަށް މެޖިސްޓްރޭޓުން ޢައްޔަނު ކުރުމަށް ދަތިތައް ކުރިމަތިވާކަން ފާހަގަ ކުރަމެވެ.

  2. މުވައްޒަފުން ތަމްރީން ކުރުމަށްޓަކައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަށް ބޭނުންވާ ޙަރަކާތްތައް ހިންގުމަކީ، ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ނުހަނު ބޭނުންވެފައިވާ ކަމެކެވެ. ނަމަވެސް އެކަން ކުރިއަށް ގެންދިއުމަށް ފުރިހަމަ ކުރަންޖެހޭ ވަށައިގެންވާ ކަންކަން ފުރިހަމަކުރުމަށް ދަތިތައް ހުރުމުން އެފަދަ ޕްރޮގްރާމްތައް 2020 ވަނަ އަހަރުވެސް ހިންގާފައި ނުވެއެވެ

  3. ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް، ބޭނުންވާ ފަންނީ އެހީތެރިންނާއި އިވެލުއޭޓަރުންނާއި އެ މަސައްކަތަށް ބޭނުންވާ ޤާނޫނީ ހުނަރު ހުރި، ފަންނީ ޤާބީލު މީހުން ލިބުމުގައި ދަތިތަކާ ކުރިމަތިވިއެވެ.

  4. ކޮވިޑްގެ ޙާލަތާއި ގުޅިގެން ދަތުރުފަތުރު ކުރުމުގައި ހުރި ހުރަސްތަކާގުޅިގެން ބޭރުގެ ކަމާބެހޭ ފަންނީ މީހުން ހޯދުމާއި ކޯޓުތައް އަދި ފަނޑިޔާރުން މަސައްކަތްތައް ކުރަމުންދާގޮތް ގާތުން ބެލުމުގައި ހުރަސްތައް ކުރިމަތިވިއެވެ.

© Judicial Service Commission 2022