ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ނަފީސް ޙުސައިންގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން

24/6/2021

ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއް ބަންދުން ދޫކޮށްލުމަށް ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން ކަނޑައެޅި ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ބަންދު މުރާޖަޢާކޮށްދެއްވުމަށް ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދުމުން، އެހުށަހެޅުން ބަލައިނުގަނެ އެކި ފަހަރު މަތިން އެދުމުންވެސް އެ ހުށަހެޅުމާމެދު ގޮތެއް ނިންމާފައިނުވާކަމަށް ބުނާ މައްސަލައިގައި ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ނަފީސް ޢަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ތަޙްޤީޤް ކުރުމަށް 2021 ޖޫން 23 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 49 ވަނަ ޖަލްސާއިން ނިންމައި، މި މައްސަލަ ތަޙްޤީޤް ކުރުމަށް ތަޙްޤީޤް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.