ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިބުރާހިމްއާ ބެހޭގޮތުން ތަޙްޤީޤްކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން

8/6/2021

ޤާނޫނު  ނަންބަރު  10/2008  (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ  22-1  ވަނަ މާއްދާގެ (ބ)ގެ ދަށުން  ކޮމިޝަނަށް ހުށަހެޅުނު 2019/106 ނަންބަރު ޝަކުވާއާ ގުޅިގެން 17 ނޮވެންބަރު 2019 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިބުރާހިމްގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް 06 ޖޫން 2021 ވަނަ ދުވަހު ބޭއްވި މިކޮމިޝަނުގެ 45 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.