ސިވިލް ކޯޓުގެ (މިހާރު ކްރިމިނަލް ކޯޓުގެ) ޤާޟީ ޙުސައިން ފާއިޒް ރަޝާދުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

6/6/2021

ސިވިލް ކޯޓުގެ (މިހާރު ކްރިމިނަލް ކޯޓުގެ) ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ކޯޓުގެ ޝަރީއަތްކުރާ ރޫމްގެ ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ ފަރާތް ގޭބަންދުކުރުވައި، ކޯޓުރޫމުގެ ބޭރުގައި މައްސަލަ ރައްދުވާފަރާތް ބޭންދުމަށްފަހު މައްސަލައިގައި ޙުކުމް ހަވާލުކުރުމަކީ ކުރާކަމެއްކަމަށް ބުނެފައިވާތީ، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދުގެ މިޢަމަލަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 58 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ހ) އާއި (ޅ) އާއި (ކ) އާއި، އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.2 އާއި، އަދި 6.1 ވަނަ ނަންބަރާ ޙިލާފު ޢަމަލެއްކަމަށް ތަޙްޤީގަށް ސާބިތުވެފައިވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ ނަންބަރު މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައާޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް، 02 ޖޫން 2021 ވަނަ ދުވަހު ބޭއްވުނު މި އަހަރުގެ މި ކޮމިޝަނުގެ 44 ވަނަ ޖަލްސާގައި ކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ ނިންމާފައެވެ.