ނޫސްބަޔާން: 05 ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ފަތްކޮޅު ޙަވާލުކުރުން

18/3/2021

2020 ޑިސެންބަރު 22 ގައި ބޭއްވި މި ކޮމިޝަނުގެ 99 ވަނަ ބައްދަލުވުމުގައި 04 ޖުޑީޝަލް ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން ޢައްޔަންކުރުމަށް ނިންމުމާ ގުޅިގެން 2021 ޖަނަވަރީ 03 ން ފެށިގެން އެ ބޭފުޅުންނަށް ވަނީ ދާއިރާ އިސް މެޖިސްޓްރޭޓުކަން ޙަވާލުކުރެވިފައެވެ.

އަދި 2021 ފެބުރުއަރީ 10 ގައި ބޭއްވި މި ކޮމިޝަނުގެ 12 ވަނަ ބައްދަލުވުމުގައި 01 ޖުޑީޝަލް ދާއިރާއަކަށް އިސް މެޖިސްޓްރޭޓަކު ޢައްޔަންކުރުމަށް ނިންމުމާ ގުޅިގެން 2021 ފެބުރުއަރީ 24 ން ފެށިގެން އެ ބޭފުޅާއަށް ވަނީ ދާއިރާ އިސްމެޖިސްޓްރޭޓުކަން ޙަވާލުކުރެވިފައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އެ ބޭފުޅުންނަށް ފަތްކޮޅު ޙަވާލު ކޮށްފައި ވަނީ އެ ބޭފުޅަކު ހުންނެވި ރަށަކަށް ފަތްކޮޅުތައް ފޮނުވައިގެންނެވެ. އެގޮތުން، ފަތްކޮޅު ޙަވާލުކުރެވިފައިވާ 05 ދާއިރާގެ އިސް މެޖިސްޓްރޭޓުންނަކީ:

  • ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ހދ. ކުޅުދުއްފުށީ އަލީޝާ އަލްއުސްތާޛު ޢަލީ އާދަމް
  • އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ކ.މާލެ މއ. ވެލަނބުލިގެ އަލްއުސްތާޛު އިބްރާޙީމް މަޢުމޫރު
  • ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ސ. މަރަދޫ އެށެވެލި އަލްއުސްތާޛު އިބްރާހީމް އިޙްސާން
  • ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ގދ. ތިނަދޫ މުނިޔާގެ އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙަސަން
  • ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް، ދ. ބަނޑިދޫ އަލިވާގެ އަލްއުސްތާޛު އަޙްމަދު ޢާމިރު