މަޑަވެލި މެޖިސްޓްރޭޓް އަލްއުސްތާޛް ޝާޠިރު ޙަސަންއާ ބެހޭގޮތުން ތަޙްޤީޤުކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
30/12/2020
ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން 26 ނޮވެމްބަރު 2019 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤުކުރުމަށް ނޯޓިސްދީފައިވާ މަޑަވެލި ކޯޓުގެ މެޖިސްޓްރޭޓްގެ އަލްއުސްތާޛު ޝާޠިރު ޙަސަންގެ ސުލޫކީ މައްސަލަ، ތަޙްޤީޤުކުރެވި އެމައްސަލަ ސާބިތުނުވާކަމަށް 28 ޑިސެންބަރު 2020 ވަނަ ދުވަހު ބޭއްވި މިކޮމިޝަނުގެ 100 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.