04 ޖުޑީޝަލް ދާއިރާއަކަށް އިސްމެޖިސްޓްރޭޓުން ޢައްޔަނުކުރުން.
ދާއިރާ އިސްމެޖިސްޓްރޭޓުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނުގެ ދަށުން އެމަޤާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ ޤާބިލް ބޭފުޅެއް ހޮވުމަށްޓަކައި އިންޓަވިއު ކުރުމަށްފަހު 4 ޖުޑީޝަލް ދާއިރާއަކަށް ދާއިރާ އިސްމެޖިސްޓްރޭޓުން ޢައްޔަންކުރަން 2020 ޑިސެމްބަރު 22ގައި ބޭއްވި މި ކޮމިޝަންގެ 99 ވަނަ ބައްދަލުވުމުގައި ނިންމިއެވެ. ދާއިރާ އިސްމެޖިސްޓްރޭޓުންގެ ގޮތުގައި ތިރީގައިމިވާ ބޭފުޅުން ޢައްޔަނުކުރަން ނިންމިއެވެ.ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް، ހދ.ކުޅުދުއްފުށި، އަލީޝާ، އަލްއުސްތާޛް ޢަލީ އާދަމް
ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް، ހދ.ކުޅުދުއްފުށި، އަލީޝާ، އަލްއުސްތާޛް ޢަލީ އާދަމް
އދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް، ކ.މާލެ، މއ.ވެލަބުލިގެ، އަލްއުސްތާޛް އިބްރާހިމް މަޢުމޫރު
ގއ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް، ސ.މަރަދޫ، އެށެވެލި، އަލްއުސްތާޛް އިބްރާހިމް އިޙްސާން
ގދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް، ގދ.ތިނަދޫ، މުނިޔާގެ، އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙަސަން
ހދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަނުކުރުމަށް ނިންމި، އަލްއުސްތާޛް ޢަލީ އާދަމް ވަނީ ވިލާ ކޮލެޖް އިން ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛް ޢަލީ އާދަމައަކީ ފަނޑިޔާރުކަމުގައި 15 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެކެވެ.
އދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަނުކުރުމަށް ނިންމި، އަލްއުސްތާޛް އިބްރާޙީމް މަޢުމޫރު ވަނީ ވިލާ ކޮލެޖް އިން ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛް އިބްރާޙީމް މަޢުމޫރަކީ ފަނޑިޔާރުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެކެވެ.
ގއ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަނުކުރުމަށް ނިންމި، އަލްއުސްތާޛް އިބްރާޙީމް އިޙްސާން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛް އިބްރާޙީމް އިޙްސާނަކީ ފަނޑިޔާރުކަމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެކެވެ.
ގދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަނުކުރެވުނު އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙަސަން ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ ހާޞިލްކުރެއްވީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސުޓަޑީސްޒް އިންނެވެ. އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙަސަނަކީ ފަނޑިޔާރުކަމުގައި 21 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެކެވެ.
24 ޑިސެންބަރު 2020