ނޫސްބަޔާން: 05 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުން:
މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނު ތަކުގެ ގެ ދަށުން އެމަޤާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 5 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ފެންނަކަމަށް ކޮމިޝަނުން ނިންމެވި 05 ބޭފުޅުން މަޤާމުގެ ހުވާ ކުރެއްވުމާއި، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ކޮމިޝަނުގެ އިދާރާގައި ވަނީ ބާއްވާފައެވެ. މމިއަދު މަޤާމުގެ ހުވާކުރެއްވި 05 ބޭފުޅުންނަކީ:
- ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، ހދ. ކުޅުދުއްފުށީ ނޫރަންގެ، އަލްއުސްތާޛު މުޙައްމަދު އިސްމާޢީލް.
- ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، މާލެ، ގ. ނޫމަރާވިލާ، އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފް .
- ނ.މަނަދޫ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓްކަމަށް، ށ. މަގޫދޫ، ހަވީރީނާޒު، އަލްއުސްތާޛު އާދަމް ސަލީމް.
- ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، ގއ. ގެމަނަފުށީ، އެތުމާގެ، އަލްއުސްތާޛު އަޙްމަދު އާދަމް.
- ރ.މަޑުއްވަރީ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް، ކޮޅުމަޑުލު މަޑިފުށި، ސިގްނަލްގެ، އަލްއުސްތާޛު އަކްރަމް ރަފީޢު.
- ސ.ފޭދޫ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް، ސ. މަރަދޫފޭދޫ މެރީވިލާ، އަލްއުސްތާޛު މުޙައްމަދު ޢަފީފް .
ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރެއްވި އަލްއުސްތާޛު މުޙައްމަދު އިސްމާޢީލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރސް އޮފް ޝަރީއާ އެންޑް ލޯ (އޮނަރސް) ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛު މުޙައްމަދު އިސްމާޢީލް ކުރިން ހުންނެވީ ސިވިލްކޯޓުގެ ލީގަލް އޮފިސަރ އެއްގެ މަޤާމުގައެވެ.
ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ހަމަޖެއްސެވި އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފް ޝަރީޢަތާއި ޤާނޫނުގެ ދާއިރާ އިން ޑިޕްލޮމާ ހާޞިލް ކުރައްވާފައިވަނީ މައުހަދުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ. އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފަށް ފަނޑިޔާރުކަމުގައި 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބި ވަޑައިގެންފައިވެއެވެ.