ނޫސް ބަޔާން: ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް އާރިފްއާ ބެހޭގޮތުން ތަޙްޤީޤުކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން

19/11/2020

ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިސްނަގައިގެން 24 އެޕްރީލް 2019 ވަނަ ދުވަހު ތަޙްޤީޤުކުރުމަށް ނިންމާފައިވާ ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް އާރިފްގެ ސުލޫކީ މައްސަލަ، ތަޙްޤީޤުކުރެވި އެމައްސަލަ ސާބިތުނުވާކަމަށް 18 ނޮވެމްބަރު 2020 ވަނަ ދުވަހު ބޭއްވި މިކޮމިޝަނުގެ 87 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.