ނޫސް ބަޔާން: ކްރިމިނަލް ކޯޓުގެ ބަންދާމެދު ގޮތެއް ނިންމާ މަޖިލިސް ކުރިއަށް ގެންދާގޮތާ ގުޅޭ މަޢުލޫމާތު ހޯދައި ދިރާސަކުރުމަށް ނިންމުން

1/11/2020

ކްރިމިނަލް ކޯޓުގައި ހިންގާ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގައި އަމަލުކުރާ އުޞޫލާއި، އެ މަޖިލިސްތައް ޝެޑިއުލްކުރުމާއި، އެޝެޑިއުލާ އެއްގޮތަށް ޝަރީއަތަށް ޙާޒިރުވުމަށް ފަނޑިޔާރުން އުޒުރުވެރިވާ ހާލަތްތަކުގައި ފަނޑިޔާރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތާއި، ބަންދާ މެދު ގޮތެއް ނިންމާ މަޖިލިސްތަކަށް ހަމަޖެހިފައިވާ ފަނޑިޔާރުން ބަދަލުކުރުމުގައި ޢަމަލުކުރާގޮތުގެ އުޞޫލާ ގުޅޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް މިއަދު ބޭއްވުނު މިކޮމިޝަނުގެ 80 ވަނަ ބައްދަލުވުމުގައި ކޮމިޝަނުން ނިންމިއެވެ.

01 ނޮވެންބަރު 2020