ނޫސް ބަޔާން: ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ސަސްޕެންޑް ކުރުމަށް ނިންމުން

26/10/2020

ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރާ ގުޅޭގޮތުން މި ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކުގެ ބާވަތަށާއި، އެ މައްސަލަތަކާ ގުޅިގެން ލިބިފައިވާ ހެއްކަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) އާ ޙަވާލާދީ އިސްމެޖިސްޓްރޭޓު އަޙްމަދު ޝުކޫރު ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް މެޖިސްޓްރޭޓްކަމުގެ މަސައްކަތުން ދުރުކުރުމަށް ފެންނަކަމަށް 25 އޮކްޓޫބަރު 2020 ވަނަ ދުވަހު 78 ވަނަ ބައްދަލުވުމުގައި ކޮމިޝަނުން ނިންމިއެވެ.

26 އޮކްޓޫބަރ 2020