ނޫސް ބަޔާން: ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބު އަދި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ މައްސަލައެއް ތަޙްޤީޤު ކުރުމަށް ނިންމުން

13/10/2020

މި ކޮމިޝަންގެ 07 އޮކްޓޫބަރު 2020 އަދި 11 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ ބައްދަލުވުމުގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ތިރީގައިމިވާ ސުލޫކީ މައްސަލަތައް ބެލުމަށް މައްސަލައަށް ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާތީ، ކޮމިޝަނުން މި މައްސަލަތައް ތަހްޤީޤު ކުރުމަށް، ތަޙްޤީޤު ކޮމިޓީ އެކުލަވާލެވުނެވެ.

  1. ސ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުން ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބު، މި މައްސަލައިގައި ގޮތެއް ނިންމެވުމުގައި ޤާނޫނާ ޚިލާފަށް އަމަލުކުރައްވާފައިވާކަމަށް ބެލެވޭ މައްސަލަ
  2. ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމް ޙުކުމް ކުރެއްވި މައްސަލައެއްގައި، ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓް ދޫކުރިފަހުން އެ ރިޕޯޓަށް ބަދަލުގެނެސް ބައެއް ނުކުތާ އިތުރުކުރިކަމަށް ބުނާ މައްސަލަ
  3. ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމް، ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ދެ ޤަޟިއްޔާއެއް ބެލުމުން ތަނާޒުލްވެފައިވަނީ ހަޤީޤަތާ ޚިލާފު މައުލޫމާތެއް ހިއްސާކުރުމަށްފަހުކަމަށް ބެލެވޭ މައްސަލަ

13 އޮކްޓޫބަރ 2020