03 ޤާޟީއަކު މަސައްކަތްކުރާ ކޯޓު ބަދަލުކުރުމަށް ނިންމައިފި
24 މާރިޗް 2019 އިން ފެށިގެން ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ
ތެރެއިން 03 ފަނޑިޔާރަކު މަސައްކަތް ކުރައްވަމުންދިޔަ ކޯޓު ނޫން އެހެން ކޯޓަކަށް
ބަދަލުކުރުމަށް ކޮމިޝަނުން ނިންމިއެވެ. މިގޮތަށް ނިންމާފައި ވަނީ 04 މާރޗް 2019 ވީ
ހޯމަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަންބަރު 2019/14 ވަނަ
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ. މިގޮތަށް
ނިންމާފައިވަނީ ޤާނޫނު ނަންބަރ 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ
48 ވަނަ މާއްދާގެ ދަށުން އެއް ކޯޓުން އަނެއް ކޯޓަށް ފަނޑިޔާރުން ބަދަލުކުރުމަށް ޖުޑީޝަލް
ސަރވިސް ކޮމިޝަނަށް ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަސްޢޫލިއްޔަތަކަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
01/2016 ” ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ
ބެހޭ އުސޫލު”ގެ 04 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ނިންމާ އަދި މިގޮތަށް
ބަދަލުކުރުމާމެދު އެބޭފުޅުންގެ ރުހުން އޮތްކަމަށް އަންގަވާފައިވުމާ ގުޅިގެންނެވެ.
އެގޮތުން ބަދަލުކުރުމަށް ކޮމިޝަނުން ނިންމަވާފައިވަނީ؛
މިހާރު ފެމިލީ ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މުޙައްމަދު ސަމީރު ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް،
މިހާރު ފެމިލީ ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު ޝަކީލް ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް،
އަދި މިހާރު ފެމިލީ ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ހަސަން ޝަފީޢު ސިވިލް ކޯޓުގެ ޤާޟީކަމަށް، މިއެވެ.