3 ޤާޟީއަކު ކޯޓު ބަދަލުކުރުމަށް ނިންމައިފި

10/2/2019

01 މާރިޗް 2019 އިން ފެށިގެން ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން 03 ފަނޑިޔާރަކު މަސައްކަތް ކުރައްވަމުންދިޔަ ކޯޓު ނޫން އެހެންކޯޓަކަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމިއެވެ. މިގޮތަށް ނިންމާފައި ވަނީ 06 ފެބްރުއަރީ 2019 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަންބަރު 2019/08 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިގޮތުން ބަދަލުކުރުމަށް ނިންމެވި ފަނޑިޔާރުންނާއި އެބޭފުޅުން ބަދަލުކުރުމަށް ނިންމެވި ކޯޓުތައް ތިރީގައި މިވަނީއެވެ.

މިހާރު ކްރިމިނަލް ކޯޓުގެ ޤާޟީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އާދަމް އާރިފް ޑްރަގް ކޯޓުގެ ޤާޟީކަމަށް،

މިހާރު ޑްރަގް ކޯޓުގެ ޤާޟީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް،

މިހާރު ސިވިލް ކޯޓުގެ ޤާޟީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ހުސައިން ފާއިޒް ރަޝާދު ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް، މިއެވެ.