ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކުރަން ނިންމުން

3/4/2018

ޤާނޫނު ނަންބަރ 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 24 ވަނަ މާއްދާގެ (ށ)ގައި، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައިފި ޙާލަތެއްގައި، އެމީހާގެ މައްޗަށް ނިހާއީ ޙުކުމެއް ކަނޑައެޅެންދެން މުސާރަ ނުލިބޭ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވަނިކޮށް، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ކޮމިޝަނަށް އަންގަވާފައިވާތީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެމަތިން ސަސްޕެންޑް ކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.

 

03 އޭޕްރީލް 2018