ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ސަސްޕެންޑްކުރަށް ނިންމައިފި

8/2/2018

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު (ސ.މީދޫ / އަލިވާގެ) އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެއްވާފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާޢިދުގެ 42 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ގޮތެއް ކަނޑައެޅުމަށްޓަކައި، ބޭއްވުނު ކޮމިޝަނުގެ ބައްދަލުވުމުން، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއާ ބެހޭގޮތުން މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލައި، ދައުލަތުގެ ތަޙްޤީޤީ އިދާރާތަކުން ބަލަމުންދާ މައްސަލާގައި އެ އިދާރާއިން ގޮތެއް ކަނޑައަޅައި ކޮމިޝަނަށް އަންގައި، ކޮމިޝަނުން ގޮތެއް ކަނޑައަޅަންދެން، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ކޮމިޝަނުން ނިންމައިފިއެވެ.

 

08 ފެބްރުއަރީ 2018