ދިވެހިރާއްޖޭގެ ހައިކޯޓާއި ކްރިމިނަލްކޯޓާއި އަދި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށްފި

30/1/2018

ދިވެހިރާއްޖޭގެ ހައިކޯޓާއި ކްރިމިނަލްކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު އިޢުލާންކޮށްފިއެވެ. މިގޮތުން ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް 03 ފަނޑިޔާރުންނާއި ކްރިމިނަލްކޯޓަށް 02 ފަނޑިޔާރުން އަދި ސިވިލްކޯޓަށް 02 ފަނޑިޔާރުންނެވެ.

 

މި މަޤާމުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން މިއަދު ކުރި އިޢުލާންގައިވާ ގޮތުން މި މަޤާމަށް ޝަތުރު ހަމަވާ ފަރާތްތަކުގެ ތެރެއިން، ޝައުގުވެރިވާ ފަރާތްތަކުން، މިކަމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 22 ފެބުރުއަރީ 2018 ވަނަ ދުވަހުގެ 14:00 އެވެ. ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި މިކަމާގުޅޭ އިތުރު މަޢުލޫމާތު ކޮމިޝަންގެ ވެބްސައިޓު www.jsc.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

 

30 ޖެނުއަރީ 2018