ހައިކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކާއި، ކްރިމިނަލްކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް 02 ބޭފުޅުން އައްޔަނުކުރުމަށް ނިންމައިފި

24/1/2018

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކާއި، ކްރިމިނަލްކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް 02 ބޭފުޅުން އައްޔަނު ކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.
ކޮމިޝަނުން މިގޮތަށް ނިންމީ މިއަދު ބޭއްވުނު ކޮމިޝަނުގެ 2018/04 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގުނު ސިއްރުވޯޓުންނެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރުމަށް ކޮމިޝަނުން ނިންމީ ހދ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މުޙައްމަދު ނިޔާޒެވެ. އަދި ކްރިމިނަލްކޯޓަށް އައްޔަނު ކުރުމަށް ނިންމެވި 02 ބޭފުޅުންނަކީ ސ.ފޭދޫ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޙުސައިން ޝަހީދާއި، ސ.ހިތަދޫ އޯޝަން ލީޑް އަލްއުސްތާޛު އަޙްމަދު ހައިލަމެވެ.

24 ޖެނުއަރީ 2018