މެޖިސްޓްރޭޓްކަމުގެ މަޤާމަށް 7 ބޭފުޅަކު ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވައިފި

18/9/2017

DSC_1961މެޖިސްޓްރޭޓްކަމުގެ މަޤާމަށް 7 ބޭފުޅަކު ޢައްޔަންކުރައްވައި އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. މި ރަސްމިއްޔާތުގައި ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރެވެ. މިއަދު ހުވާކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނ:

ޢައްޔަނުކުރެއްވި ކޯޓާއި މަޤާމު ދާއިމީ އެޑްރެސް ނަން
ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ވަޑިގެ / ގދ. ވާދޫ އަލްއުސްތާޛު ލިމްޢާން މުޙައްމަދު
ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ނޫރާނީގެ / ޅ. ކުރެންދޫ އަލްއުސްތާޛު ސުލައިމާން މުޙައްމަދު
ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ހަނދުވަރީނާޒް / ގދ. ގައްދޫ އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލޭރު / ކ. ތުލުސްދޫ އަލްއުސްތާޛާ މަރްޔަމް ނަޞްރާ
ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ބީޗްރެސްޓް / ލ. އިސްދޫ އަލްއުސްތާޛު ޢަލީ ޝަރީފް
ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ނޫރުވާދީ / ކ. ތުލުސްދޫ އަލްއުސްތާޛު މުޙައްމަދު އިޙްސާން
ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ފުނާޑު. ކޯޒީ/ ޏ.ފުވައްމުލައް އަލްއުސްތާޛާ ޚަދީޖާ ލީނާ

 

މި ރަސްމިއްޔާތުގައި ހުވާކުރެއްވި ފަނޑިޔާރުންނާ މުޚާޠަބުކުރައްވައި ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު މުޙައްމަދު ފައިޞަލް ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ފަނޑިޔާރުކަމުގެ ވަޒީފާއަކީ ވަރަށްބުރަ އަދި 24 ގަޑިއިރުގެ ވަޒީފާއެއްކަމާއި މިވަޒީފާގައި އެންމެ މުހިންމުކަމަކީ ޢަދުލަށް ޙުކުމް ކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްދެއްވުމަށް ހުރިހާ ފަނޑިޔާރުންނަށް އިލްތިމާސްކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި ހައިކޯޓުގެ ފަނޑިޔާރުންނާއި ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޟީންގެ ތެރެއިން ބައެއް ބޭފުޅުންނާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

18 ސެޕްޓެމްބަރ 2017