މެޖިސްޓްރޭޓްކަމުގެ މަޤާމަށް 8 ބޭފުޅަކު ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމައިފި

24/8/2017

މެޖިސްޓްރޭޓްކަމުގެ މަޤާމަށް 8 ބޭފުޅަކު ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ މެޖިސްޓްރޭޓުން ނެތް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އެކަމަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ އިންޓަވިއުކުރުމަށް ފަހު ކޮމިޝަނުން މެޖިސްޓްރޭޓް މަޤާމަށް ޢައްޔަންކުރުމަށް ކަނޑައަޅާފައިވާ ބޭފުޅުންނާއި އެބޭފުޅުން ޢައްޔަންކުރުމަށް ކަނޑައަޅާފައިވާ ކޯޓުތަކާއި މަޤާމުތަކަކީ،

 

    އައްޔަނުު ކުރުމަށް ނިންމެވި
# ނަމާއި ދާއިމީ އެޑްރެސް ކޯޓު މަޤާމު
1 މަރްޔަމް ނަޞްރާ / އަލޭރު، ކ.ތުލުސްދޫ ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް
2 ޢަލީ ޝަރީފް /  ބީޗްރެސްޓް، ލ.އިސްދޫ ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް
3 ޢަލީ އަކްބަރު / ތުނޑި ސެވެންސްޓަރ، ލ.ގަން ލ. ގަމު މެޖިސްޓްރޭޓް ކޯޓު މެޖިސްޓްރޭޓް
4 ސުލައިމާން މުޙައްމަދު / ނޫރާނީގެ، ޅ.ކުރެންދޫ ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓު ކޯޓް އިސްމެޖިސްޓްރޭޓް
5 މުޙައްމަދު ޝަނީޒް ޢަބްދުﷲ / ހަނދުވަރީނާޒް، ގދ.ގައްދޫ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު މެޖިސްޓްރޭޓް
6 ލިމްޢާން މުޙައްމަދު / ވަޑިގެ، ގދ.ވާދޫ ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓު ކޯޓް އިސްމެޖިސްޓްރޭޓް
7 މުޙައްމަދު އިޙްސާން / ނޫރުވާދީ، ކ.ތުލުސްދޫ ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓު ކޯޓް އިސްމެޖިސްޓްރޭޓް
8 ޚަދީޖާ ލީނާ / ފުނާޑު. ކޯޒީ، ޏ.ފުވައްމުލައް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު މެޖިސްޓްރޭޓް

 

22 އޯގަސްޓް 2017