ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށްފި

1/8/2016

ދިވެހިއްޖޭގެ ހައިކޯޓުގައި ހުސްވެފައިވާ 02 (ދޭއް) ފަނޑިޔާރުންގެ މަޤާމަށް ފަނޑިޔާރުން ހޯދުމަށް މިއަދު އިޢުލާންކޮށްފިއެވެ.

މި މަޤާމުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން މިއަދު ކުރި އިޢުލާންގައި މި މަޤާމަށް ޝަތުރު ހަމަވާ ފަރާތްތަކުގެ ތެރެއިން، ޝައުގުވެރިވާ ފަރާތްތަކުން، މިކަމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 14 އޮގަސްޓް 2016 ވަނަ ދުވަހުގެ 14:00 އެވެ. ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި މިކަމާގުޅޭ އިތުރު މަޢުލޫމާތު ކޮމިޝަންގެ ވެބްސައިޓު www.jsc.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

 

01 އޮގަސްޓް 2016