ދަށުކޯޓުތަކުގެ ބައެއް ފަނޑިޔާރުން އެހެންކޯޓުތަކަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމުން

30/5/2016

“ދަށުކޯޓު ތަކުގެ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމާ ބެހޭ އުޞޫލު” ގެ ދަށުން 07 ފަނޑިޔާރަކު، މިހާރު މަސައްކަތް ކުރައްވާކޯޓު ނޫން އެހެންކޯޓުތަކަށް ބަދަލުކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުށަހެޅި ހުށަހެޅުންތަކަށް ރިޢާޔަތްކޮށް  ހަތް ފަނޑިޔާރަކު އެހެން ކޯޓުތަކަށް ބަދަލުކޮށްދިނުމަށް ކޮމިޝަނުން މިއަދު ނިންމައިފިއެވެ. މިގޮތުން އެހެންކޯޓުތަކަށް ބަދަލު ކުރުމަށް ނިންމެވި ފަނޑިޔާރުންނާއި، އެފަނޑިޔާރުން ބަދަލު ކުރުމަށް ނިންމެވި ކޯޓުތައް ތިރީގައި މިވަނީއެވެ.

 

ބަދަލުކުރުމަށް ނިންމެވި ފަނޑިޔާރުން ބަދަލު ކުރުމުގެ ކުރިން މަސައްކަތް ކުރެއްވި ކޯޓު ބަދަލު ކުރުމަށް ނިންމެވި ކޯޓު
ކްރިމިނަލް ކޯޓުގެ ޤޟީ އަލްއުސްތާޛު ސައީދު އިބްރާހިމް ޖުވެނައިލް ކޯޓު
ޖުވެނައިލް ކޯޓުގެ ޤޟީ ީ އަލްއުސްތާޛު އަޙްމަދު ޝަކީލް ކްރިމިނަލްކޯޓު
ޑްރަގް ކޯޓުގެ ޤޟީ ީ އަލްއުސްތާޛު މުޙައްމަދު އީސާފުޅު ޖުވެނައިލް ކޯޓު
ޖުވެނައިލް ކޯޓުގެ ޤޟީ ީ އައްޝައިޚް މުޙައްމަދު ނައީމް ޑްރަގްކޯޓު
ކ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓް އަލްފާޟިލް މޫސާ ނަސީމް ގދ.ގައްދޫ ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް
ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް އަލްފާޟިލް އަބްދުލްޣަފޫރު ވ.ކެޔޮދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް
ވ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރާޣިބް ކ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓް