ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި

6/4/2016

ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓާއި ސިވިލްކޯޓަށް ކޮމިޝަނުންކޮށްފައިވާ އިޢުލާނާއެއްގޮތަށް 04 ފަނޑިޔާރުން ޢައްޔަން ކުރުމަށް ނިންމަފައިވިއެވެ.

ކޮމިޝަނުން މިއަދު ބޭއްވި ޖަލްސާގައި ކްރިމިނަލް ކޯޓަށް ޢައްޔަންކުރަން ނިންމެވީ، ދަފްތަރު ނަންބަރު 3087 އަލްއުސްތާޛު ޢަލީ އާދަމް އާއި ހއ.ކެލާ ދެރަހަ އަލްއުސްތާޛު އާދަމް އާރިފެވެ. ސިވިލްކޯޓަށް ޢައްޔަންކުރަން ނިންމެވީ، ދަފްތަރު ނަންބަރު 2560 އަލްއުސްތާޛު އާދަމް އިބްރާހީމް އިސްމާޢީލް އާއި ސ.ފޭދޫ ބެލޫން އަލްއުސްތާޛާ މަރްޔަމް ވަޙީދެވެ.

06 އޭޕްރީލް 2016