ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އިޢުލާންކުރުމުން ކުރިމަތި ލީ ބޭފުޅުންނާ އިންޓަވިއުކޮށްފި

30/3/2016

ސްޕީރިއަރ ކޯޓުތަކުގެ ތެރެއިން ސިވިލްކޯޓަށް 2 ޤާޟީންނާއި ކުރިމިނަލް ކޯޓަށް 2 ޤާޟީން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދަންނަވާފައިވާ ގަޑިއަށް ކޮމިޝަނަށް ހާޟިރުވި 23 ފަރާތަކާ ކޮމިޝަނުން އިއްޔެ އިންޓަވިއުކޮށްފިއެވެ.

ސްޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން އިޢުލާންކުރުމުން އެ ހަތަރު މަޤާމަށް 27 ބޭފުޅަކު ކުރިމަތި ލެއްވިއެވެ. އޭގެތެރެއިން ޝަރުޠުހަމަވެގެން އިންޓަވިއުކުރުމަށް ހޮވުނީ 26 ބޭފުޅުންނެވެ. މީގެ ތެރެއިން އިއްޔެ ކޮމިޝަނުން ކުރިއަށް ގެންދިއަ އިންޓަވިއުއަށް ވަޑައިގެންނެވީ 23 ބޭފުޅުންނެވެ. ކޮމިޝަނުން މިހާރު ކުރިއަށް ގެންދަނީ އިންޓަވިއުކުރުމަށްފަހު އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަކެވެ. މި ބޭފުޅުންގެ ތެރެއިން ސިވިލް ކޯޓަށާއި ކުރިމިނަލްކޯޓަށް ބޭފުޅުން ހޮވުން ކޮމިޝަނުން ދެންބާއްވާ ޖަލްސާއަކަށް އެޖެންޑާކުރެވޭނެއެވެ.