ކްރިމިނަލްކޯޓުގެ ދެ ޤާޟީންކަމުގައިވާ އަލްއުސްތާޛު ޢަބްދުﷲ ނަޝީދާއި އަލްއުސްތާޛު އަޙުމަދު ސަމީރު ޢަބްދުލް ޢަޒީޒް ފެމިލީ ކޯޓަށް ބަދަލުކޮށްފި

30/3/2016

ކްރިމިނަލްކޯޓުގެ ދެ ޤާޟީންކަމުގައިވާ އަލްއުސްތާޛު ޢަބްދުﷲ ނަޝީދާއި އަލްއުސްތާޛު އަޙުމަދު ސަމީރު ޢަބްދުލް ޢަޒީޒް ފެމިލީ ކޯޓަށް ބަދަލުކުރައްވައިފިއެވެ.

މި ދެ ޤާޟީން ފެމިލީ ކޯޓަށް ބަދަލުކޮށްފައިވަނީ “ފަނޑިޔާރުން އަމިއްލަޔަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު ” ގެ ދަށުން ފެމިލީ ކޯޓަށް ބަދަލުކޮށްދެއްވުން އެދި ހުށަހަޅާފައިވުމުން، އެގޮތުގެ މަތިން 24 މާރޗް 2016 އިން ފެށިގެންނެވެ.