ބ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަހުމަދު ލަޠީފު ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، އެންގުމަށް ކޮމިޝަނުން ނިންމައިފި
23/2/2016
ބ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަހުމަދު ލަޠީފު ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، އެންގުމަށް ކޮމިޝަނުން ނިންމައިފިއެވެ.
ކޮމިޝަނުން މިގޮތަށް ނިންމީ ބ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަހުމަދު ލަޠީފުއާ ބެހޭގޮތުން ކޮމީޝަނަށް ހުށަހެޅި ތަޙަޤީޤުކުރަމުންދާ ޝަކުވާއަކާ ގުޅިގެން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަޙްޤީޤުކޮމިޓީން މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ޤާނޫނުގައިވާގޮތުގެމަތީން ލިބިދެވެންޖެހޭ ފުރުޞަޠުތަކަށްފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ.