އދ. މާމިގިލީ ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް، ގއ.މާމެންދޫ ވީނަސް އަހުމަދު ނިހާން ވަގުތީގޮތުން މެޖިސްޓްރޭޓް ކަމުގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތަކުން އެކަހެރި ކުރުމަށް ކޮމިޝަނުން ނިންމައިފި

9/2/2016

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ޞައްހަ ނޫން ލިއުމެއް ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަޔާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާޢިދުގެ 42 ވަނަ މާއްދާގެ ދަށުން އދ. މާމިގިލީ ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް ގއ.މާމެންދޫ ވީނަސް އަހުމަދު ނިހާން، މެޖިސްޓްރޭޓް ކަމުގެ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

މިނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު ކޮމިޝަނުގެ ނަންބަރު: 04/2016 ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.