ކުރިމިނަލް ކޯޓާއި ސިވިލްކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން 27 ބޭފުޅަކު ކުރިމަތި ލައްވައިފި

25/1/2016

ކުރިމިނަލް ކޯޓަށާއި ސިވިލް ކޯޓަށް، ކޮންމެ ކޯޓަކަށް ދެ ބޭފުޅުން ނެގުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން 27 ބޭފުޅަކު އެ ހަތަރު މަޤާމަށް ކުރިމަތި ލައްވައިފިއެވެ.

އެގޮތުން ހަމައެނަކި ކުރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ކުރިމަތި ލައްވާފައިވަނީ 3 ބޭފުޅެކެވެ. އަދި ހަމައެކަނި ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ކުރިމަތި ލައްވާފައިވަނީ 6 ބޭފުޅުންނެވެ. އަނެއް 18 ބޭފުޅުން ކުރިމަތި ލައްވާފައިވަނީ ދެ ކޯޓަށެވެ.

ކުރިމިނަލް ކޯޓާއި ސިވިލްކޯޓަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން، ކުރިމިނަލްކޯޓަށް ދެ ބޭފުޅުންނާއި ސިވިލްކޯޓަށް ދެ ބޭފުޅުން ޢައްޔަންކުރުމަށް ކުރަންޖެހޭ އެންމެހާ އިދާރީ ކަންކަން މިހާރު ގެންދަނީ ކޮމިޝަނުން ކުރަމުންނެވެ. މި ދެކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާންގެ މުއްދަތު ހަމަވެފައިވަނީ 20 ޖެނުއަރީ 2016 ގައެވެ.