ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެއްވި އަލްއުސްތާޛު ޢަބްދުﷲ ދީދީއަށް މަޤާމުގެ ފަތްކޮޅު އަރުވައިފި

10/1/2016

ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެއްވި އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީއަށް މަޤާމުގެ ފަތްކޮޅު މިއަދު އަރުވައިފިއެވެ.

މިކަމަށްޓަކައި މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމުގެ ފަތްކޮޅު އަލްއުސްތާޛު އަބްދުﷲ ދީދީއަށް އެރުވީ ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛު މުޙައްމަދު ފައިސަލްއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަންގެ ބައެއް މެމްބަރުންނާއި ހައިކޯޓުގެ ބައެއް ފަނޑިޔާރުންނާއި ކޮމިޝަންގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.