ޤައުމީ ނަޒާހަތްތެރިކަމުގެ ޕްލޭނާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

12/10/2015

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން ތައްޔާރުކުމުގެ މަސައްކަތްކުރަމުންދާ ނަޒާހަތްތެރިކަމުގެ ޤައުމީ ޕްލޭންގައި ބައިވެރިވެފައިވާ އިދާރާތަކަށް މި ޕްލޭނާ ބެހޭ މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ބައްދަލުވުމުގެ ތެރެއިން މި ކޮމިޝަނުގެ މެމްބަރުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މިއަދު މި ކޮމިޝަންގައި ކުރިއަށް ގެންދިއަ މި ބައްދަލުވުމުގައި ނޭޝަނަލް އިންޓިގްރިޓީ ޕްލޭނުގެ ބޭނުމާއި މަޤުޞަދާއި އަދި މިފަދަ ޕްލޭނެއް އެކުލަވާލަން ޖެހޭ ސަބަބުތައް އޮޅުން ފިލުވައިދެއްވިއެވެ. އަދި މިއީ ދައުލަތުލުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން އުފަންކުރެވޭ ޕްލޭނަކަށް ހެދުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާތަނަށް ކޮއްފައިވާ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި މި ޕްލޭނާ ގުޅޭގޮތުން ކޮމިޝަންގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް އޭސީސީގެ ފަރާތުން ޖަވާބު ދެއްވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުންނާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންވެސް ބައިވެރިވެލެއްވިއެވެ.