ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ “ފެކަލްޓީ އެޑްވައިޒަރީ ކޮމިޓީ”ގެ މެންބަރުކަމަށް ކޮމިޝަންގެ މެންބަރު އަލްއުސްތާޛާ ލަޠީފާ ޤާސިމް ހަމަޖެއްސުން

9/7/2015

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ “ފެކަލްޓީ އެޑްވައިޒަރީ ކޮމިޓީ”ގެ މެންބަރުކަމަށް ކޮމިޝަނުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި، ކޮމިޝަންގެ މެންބަރު އަލްއުސްތާޛާ ލަޠީފާ ޤާސިމް ހަމަޖެއްސުމަށް ކޮމިޝަނުން ނިންމިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ކޮމިޝަންގެ މި އަހަރުގެ 38 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ކުރިން އެ ކޮމެޓީގައި ކޮމިޝަން ތަމްސީލްކުރެއްވީ ކޮމިޝަންގެ މެންބަރު އަލްއުސްތާޛު މުޙައްމަދު ޢީސާފުޅެވެ.