ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ހުސްނީ މުބާރަކު ޢައްޔަންކުރައްވައިފި
7/4/2015
ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އެރަށު ގަސްކަރަ އަލްއުސްތާޛު ހުސްނީ މުބާރިކު ޢައްޔަން ކުރައްވައިފިއެވެ.
މިކަމަށްޓަކައި ސުޕްރީމް ކޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އަލްއުސްތާޛު ހުސްނީ މުބާރިކް ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގައެވެ. ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަލްއުސްތާޛު ހުސްނީ މުބާރަކަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. މިރަސްމިއްޔާތުގައި ކޮމިޝަންގެ ނައިބުރައީސާއި ކޮމިޝަންގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެެވިއެވެ.