ޑްރަގް ކޯޓުގެ ޤާޟީ ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޒުބައިރު މުޙައްމަދު ސިވިލް ކޯޓުގެ ޤާޟީކަމަށް ބަދަލުކުރުމަށާއި، އަދި ސިވިލް ކޯޓުގެ އިސްޤާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ޑްރަގްކޯޓުގެ ޤާޟީކަމަށް ބަދަލުކުރުމަށް ނިންމައިފި

23/2/2015

ޑްރަގް ކޯޓުގެ ޤާޟީ ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޒުބައިރު މުޙައްމަދު ސިވިލް ކޯޓުގެ ޤާޟީކަމަށް ބަދަލުކުރުމަށާއި، އަދި ސިވިލް ކޯޓުގެ އިސްޤާޟީކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ޑްރަގްކޯޓުގެ ޤާޟީކަމަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުވުމުގެ ޤަވާއިދުގެ ދަށުން މި ދެ ބޭފުޅުންވެސް މަސައްކަތްކުރައްވަމުން ގެންދެވި ކޯޓު ބަދަލުކޮށްދެއްވުމަށް އަމިލަފުޅަށް އެދިވަޑައިގެންފައިވުމުން، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 47 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2011/03/SC ސަރކިއުލަރގެ 19 ވަނަ ނަންބަރުގައިވާ ގޮތުގެމަތިނެވެ. އެގޮތުން ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު ސިވިލް ކޯޓުގެ ޤާޟީކަމަށް ބަދަލުކޮށްދެއްވުމަށާއި އަދި ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ޑްރަގްކޯޓުގެ ޤާޟީކަމަށް ބަދަލުކޮށްދެއްވުމަށް ކޮމިޝަނުން ނިންމެވީއެވެ.