ގއ.ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށް ސެމިނަރއެއް ބާއްވައިފި

11/2/2015

ގއ.ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ސެމިނަރއެއް ބާއްވާފިއެވެ.

މެޖިސްޓްރޭޓުންނަށް އަމާޒުކޮށް ކުރިއަށް ގެންދިއަ މި ސެމިނަރގައި މަޢުލޫމާތު ދީފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނުން މިހާތަނަށް އާންމުކޮށްފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ކޮމިޝަނުން އެކުލަވާލާފައިވާ ގާވާއިދުގެ އިތުރުން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާ އުސޫލާ ގުޅޭގޮތުންނެވެ.

މިދަތުރުގައި ގއ. އަތޮޅުކައުންސިލާ ގއ.ވިލިނގިލީ ކައުންސިލްގެ އިތުރުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އެކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މިބައްދަލުވުމުގައި ކޮމިޝަންގެ ނާއިބުރައީސާއި ކޮމިޝަންގެ ބައެއް މެމްބަރުން ބައިވެރިވެލެއްވިއެވެ.