ހައިކޯޓާއި ސިވިލް ކޯޓް އަދި ކުރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށްފި

1/2/2015

ހައިކޯޓާއި ކުރިމިނަލް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމާއި ސިވިލްކޯޓަށް އިތުރު 4 ފަނޑިޔާރަކު ހޯދުމަށް މިއަދު އިޢުލާންކޮށްފިއެވެ.

މި މަޤާމުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން މިއަދު ކުރި އިޢުލާންގައި ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތި ލުމާ އަދި ސިވިލްކޯޓުގެ ޤާޟީކަމުގެ މަޤާމަށް 4 ބޭފުޅަކު ހޯދުމަށާ އަދި ކުރިމިނަލް ކޯޓުން ހުސްވެފައިވާ ޤާޟީކަމުގެ މަޤާމަށް ބޭފުޅަކު ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ. މި މަޤާމުތަކަށް ޝަތުރު ހަމަވާ ފަރާތްތަކުގެ ތެރެއިން، ޝައުގުވެރިވާ ފަރާތްތަކުން، މިކަމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 10 ވަނަ ދުވަހުގެ 15:00 އެވެ. ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި މިކަމާގުޅޭ އިތުރު މަޢުލޫމާތު ކޮމިޝަންގެ ވެބްސައިޓު www.jsc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.