ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން އައްޝައިޚް ޔޫސުފް ޙުސައިން މުސްކުޅިކުރައްވައިފި

1/2/2015

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި އައްޝައިޚް ޔޫސުފް ޙުސައިން ފަނޑިޔާރުކަމުގެ މަޤާމުން މިއަދު މުސްކުޅިކުރައްވައިފިއެވެ.

ފަނޑިޔާރު (ރިޓަޔަރޑް) އައްޝައިޚް ޔޫސުފު ހުސައިން ފަނޑިޔާރުކަމުގެ މަޤާމުން މިއަދު މުސްކުޅިކުރައްވާފައިވަނީ “ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު” ގެދަށުންނެވެ. ފަނޑިޔާރު (ރިޓަޔަރޑް) އައްޝައިޚް ޔޫސުފު ހުސައިންވަނީ ފަނޑިޔާރުކަމުގައި 19 އަހަރާ 7 މަހާއި 25 ދުވަސް ހޭދަކުރައްވާފައެވެ.