ކޯޓު އިސްމެޖިސްޓްރޭޓުންނާ މެޖިސްޓްރޭޓުންގެ ހުސް މަޤާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

22/1/2015

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކޯޓު އިސްމެޖިސްޓްރޭޓުންނާ މެޖިސްޓްރޭޓުންގެ ހުސް މަޤާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން މިއަދު ފުރުސަތު ހުޅުވާލީ 29 ކޯޓު އިސްމެޖިސްޓްރޭޓުންނާ 10 މެޖިސްޓްރޭޓުންގެ މަޤާމަށެވެ. މި މަޤާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 15:00 ހަމައަށް އޮންނާނެއެވެ. އަދި މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކަށް މާކްްސް ދޭނެ ގޮތުގެ ކްރައިޓީރިއާ އާއި މަޤާމަށް ކުރިމަތި ލުމަށް އެދޭ ފޯމް ކޮމިޝަންގެ ވެބްސައިޓުން ލިބިލައްވާނެއެވެ. މި ޚަބަރާ ގުޅޭ އިތުރު މަޢުލޫމާތު ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބިވަޑައި ގަންނަވާނެއެވެ.