ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު އައްޔަންކުރައްވައިފި

21/1/2015

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ޢައްޔަން ކުރުމަށް މިއަދު ކޮމިޝަނުން ނިންމައިފިއެވެ.

މިއަދު ބޭއްވުނު ކޮމިޝަންގެ ޖަލްސާގައި ކޮމިޝަނުން ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ނެގުނު ވޯޓުން ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް ސްޕުރީމްކޯޓުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކަނޑައެޅުއްވި މެމްބަރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ޢައްޔަންވެގެން ދިއައީ އެކަމަށްޓަކައި ނެގުނު ވޯޓުގެ އަޣުލަބިއްޔަތުންނެވެ.