ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ސުޕްެރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުހައްމަދު ޢަބްދުﷲ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި

18/1/2015

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީފުޅު ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާކަން ބަޔާންކޮށް ކޮމިޝަނަށް ވަނީ އެކަން އަންގަވާފައެވެ. އެސިޓީފުޅުގައި ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވަނީ، މިވަގުތު އެމަނިކުފާނުގެ ހާލަތުހުރިގޮތުން އެމަޤާމުގައި ހުރުމަށް އުޒުރުވެރިވާތީކަމުގައި ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.