ހަ ބޭފުޅަކު މެޖިސްޓްރޭޓްކަމުގެ ހުވާކުރައްވައިފި

26/11/2014

މެޖިސްޓްރޭޓްކަމަށް އަލަށް ޢައްޔަންކުރެވި 6 ބޭފުޅަކު މަޤާމުގެ ހުވާކުރައްވައިފިއެވެ.

މި ބޭފުޅުން ހުވާކުރެއްވީ މިކަމަށްޓަކައި މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި މެޖިސްޓްރޭޓްކަމުގެ މަޤާމަށް އަލަށް ޢައްޔަންކުރެވި ބޭފުޅުންނަށް މަޤާމުގެ ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ އަރީފެވެ. އަދި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ދައުލަތުގެ ބަންޑާރަނައިބު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު މުޙައްމަދު އަނިލްއެވެ. މެޖިސްޓްރޭޓްކަމުގެ ހުވާކުރައްވައި ފަތްކޮޅު މިއަދު އެރުވުނު 6 ބޭފުޅުންނަކީ

ނަން ޢައްޔަންކުރެއްވި ކޯޓާއި މަޤާމު
އަލްއުސްތާޛު ޙުސައިން ޝަހީދު (ބާޒީގެ / ސ. ހިތަދޫ) ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް
އަލްއުސްތާޛު ޢަބްދުލްޣަފޫރު މުޙައްމަދު (ދަފްތަރު ނަންބަރު ރސ 8538) ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް
އަލްފާޟިލް އަޙްމަދު ނިހާން (ވީނަސް / ގއ. މާމެންދޫ) އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް
އަލްފާޟިލް މުޙައްމަދު ނިޡާމް (ނަޒީހާމަންޒިލް / ލ. މުންޑޫ) ތ. މަޑިފުށި މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް
އަލްއުސްތާޛު އިބްރާހިމް ޒާހިރު (ޖަވާހިރުމާގެ / ގއ. ގެމަނަފުށި) ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް
އަލްފާޟިލް މުޙައްމަދު މައުސޫމް (ގަހާ / ހދ. ނޮޅިވަރަން) ހދ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން ދައުލަތުގެ ބަންޑާރަނައިބު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު މުޙައްމަދު އަނިލާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ކޮމިޝަންގެ މެމްބަރުންނާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްބޭފުޅުންނާއި ކޮމިޝަންގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.