މެޖިސްޓްރޭޓްކަމުގެ މަޤާމަށް 8 ބޭފުޅަކު ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމައިފި

24/11/2014

މެޖިސްޓްރޭޓްކަމުގެ މަޤާމަށް 8 ބޭފުޅަކު ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ 29 ސެޕްޓެމްބަރ 2014 ގައި މެޖިސްޓްރޭޓުން ނެތް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އެކަމަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ އިންޓަވިއުކުރުމަށް ފަހުގައެވެ. އަލަށް މެޖިސްޓްރޭޓްކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ނިންމާފައިވާ ބޭފުޅުންނާއި އެބޭފުޅުން ޢައްޔަންކުރުމަށް ނިންމެވި ކޯޓުތަކަކީ؛

ނަން ޢައްޔަންކުރެއްވި ކޯޓާއި މަޤާމު
އަލްއުސްތާޛު ޙުސައިން ޝަހީދު (ބާޒީގެ / ސ. ހިތަދޫ) ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް
އަލްއުސްތާޛު ޢަބްދުލްޣަފޫރު މުޙައްމަދު (ދަފްތަރު ނަންބަރު ރސ 8538) ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް
އަލްއުސްތާޛު އިބްރާހީމް ޝަކީބު (ޝެފްރަންވެލީ / ކ. ކާށިދޫ) ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް
އަލްއުސްތާޛާ އާމިނަތު ޝެޒްލީނާ (މަދޮށިމާވިލާ / ސ. ފޭދޫ) ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް
އަލްފާޟިލް އަޙްމަދު ނިހާން (ވީނަސް / ގއ. މާމެންދޫ) އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް
އަލްފާޟިލް މުޙައްމަދު ނިޡާމް (ނަޒީހާމަންޒިލް / ލ. މުންޑޫ) ތ. މަޑިފުށި މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް
އަލްއުސްތާޛު އިބްރާހިމް ޒާހިރު (ޖަވާހިރުމާގެ / ގއ. ގެމަނަފުށި) ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް
އަލްފާޟިލް މުޙައްމަދު މައުސޫމް (ގަހާ / ހދ. ނޮޅިވަރަން) ހދ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް ކަމަށް