އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް ބިއުރޯ އޮފް އިންޓަރނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓްގެ ބޭފުޅުން ކޮމިޝަންގެ ރައީސްއާ ބައްދަލުކުރައްވައިފި

4/11/2014

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް ބިއުރޯ އޮފް އިންޓަރނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓްގެ ބޭފުޅުން ކޮމިޝަންގެ ރައީސްއާ ބައްދަލުކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި ކޮމިޝަނުގެ މޭންޑޭޓާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމާއި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ހެދިފައިވާ އާ ޤާނޫނުތަކާ ގުޅިގެން ފަނޑިޔާރުންނަށް ލިބެންޖެހޭ ތަމްރީނުތައް ދެނެގަތުމާއި އަދި ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ކޮމިޝަނުން ތަޙްޤީޤުކުރުމުގައި ގެންގުޅޭ އުޞޫލުތަކާއި މިކަމުގައި ބޭނުންވާ އެހީތެރިކަން ދެނެގަތުމާއި ކޮމިޝަނުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ ތަމްރީނުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް ބިއުރޯ އޮފް އިންޓަރނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓްގެ ސީނިއަރ ޖަސްޑިސް އެޑްވައިޒަރ Miss Shibani Malhotra އާއި ޑެޕިއުޓީ ޗީފް އޮފް ޕޮލިޓިކަލް އެފެއާޒް Siobhan Oat-Judge ބައިވެެރިވެލެއްވިއެވެ. ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި މެންބަރު ޢަބްދުﷲ ޙަމީދާއި މެންބަރު މުޙައްމަދު ޢީސާފުޅުގެ އިތުރުން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބޫބަކުރު މުޙައްމަދެވެ.