އިންފޮމޭޝަން އޮފިސަރުކަމަށް ކޮމިޝަންގެ މީޑިއާ އޮފިސަރ ހަމަޖައްސައިފި
ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރކަމަށް، ކޮމިޝަންގެ ސީނިއަރ މީޑިއާ އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޙަސަން ޒަހީން ހަމަޖައްސަވައިފިއެވެ.
އަދި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ “މުރާޖަޢާ ކޮމިޓީ” ވެސް ކޮމިޝަނުން ވަނީ އެކުލަވާލާފައެވެ. އެގޮތުން އުފެއްދި މި ކޮމިޓީގައި ހިމެނިވަޑައި ގަންނަވަނީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބޫބަކުރު މުޙައްމަދާއި ޑިރެކްޓަރ މުއުމިނާ ޢުމަރާއި އަދި ޑިރެކްޓަރ ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ޙަސަން ފަހީމް އިބްރާހިމެވެ.
މި ޤާނޫނުގެ ދަށުން ކޮމިޝަނާ މުޢާމަލާތްކުރުމުގައި؛
ގުޅުއްވާނީ 3007449
އީމެއިލް media@jsc.gov.mv