ހައިކޯޓް ފަނޑިޔާރުކަމަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއުކުރުން ފަސްކޮށްފި

4/9/2014

ދިވެހިރާއްޖޭގެ ހައިކޯޓް ފަނޑިޔާރުކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށް ކުރިން ކަނޑައަޅާފައިވާ ތާރީޚް ފަސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި (18 އޯގަސްޓް 2014) އިޢުލާނުގައި ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށް 06 ސެޕްޓެމްބަރ 2014 ވާ ހޮނިހިރު ދުވަސްކަމަށް ނިންމާފައިވީނަމަވެސް، އެ ތާރީޚުގައި އެކަންކުރުމަށް ހުރި އިދާރީ ހުރަސްތަކެއްގެ ސަބަބުން އެދުވަހުގެ ބަދަލުގައި ޝަރުތުފުރިހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށް މިހާރު ހަމަޖައްސާފައިވަނީ 20 ސެޕްޓެމްބަރ 2014 ވާ ހޮނިހިރު ދުވަހެވެ.