ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

18/8/2014

ހައިކޯޓުގެ ހުސްވެފައިވާ  ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. އެގޮތުން މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 31 އޯގަސްޓް 2014 ވަނަ ދުވަހުގެ 14:30 ގެކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އެދި ފޯމް ހުށަހަޅަންޖެހެއެވެ.

ކޮމިޝަނުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ކޮށްފައިވާ އިޢުލާންގައި މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭނެ ޝަތުރުތަކާއި ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި އަދި އެމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާނެ، އެންމެހާ މަޢުލޫމާތުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ހައިކޯޓަށް ފަނޑިޔާރަކު ނެގުމުގައި ޢަމަލުކުރާނެ ޤަވައިދާއި، އިންޓަވިއުކުރުމުގައި މާކުސް ދޭނެ ކްރައިޓީރިއާއި ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމް ވަނީ ކޮމިޝަނުންގެ ވެބްސައިޓްގައި އާންމުކޮށްފައެވެ. ކޮމިޝަންގެ ވެބްސައިޓް އެޑްރެހަކީ www.jsc.gov.mv އެވެ.